ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ މުވައްޒަފުންގެ ވޯރކިން ޔުނިފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

މި އިދާރާގެ މުވައްޒަފުންގެ ވޯރކިން ޔުނިފޯރމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:

                   މި އިދާރާއިން މުވައްޒަފުންގެ ވޯރކިންގް ޔުނީފޯރމް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދައިދިނުމަށް ކުރި އިޢުލާނު ނަންބަރު (IUL)415/415/2022/57 އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

ބިޑް ހުށަހެޅުން

19 މޭ 2022

ބުރާސްފަތި

11:00

ގދ.ތިނަދޫ ކައުންސިލް އިދާރާ

 

                 މި ޢިއުލާނާއިއެކު މި މަސައްކަތުގެ މައުލޫމާތު ޝީޓު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

 

 ތާރީޚް:09 މެއި 2022

   ހުވަދު އަތޮޅުދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ވޯކިން ޔުނީފޯމް ތައްޔާރުކުރުމުގެ މަސައްކަތް.

 

  1. 1.           ކުރަން ޖެހޭ މަސައްކަތުގެ ތަފްސީލް:

  ހުވަދު އަތޮޅުދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ވޯކިން ޔުނީފޯމްތައް މިއިދާރާއިންދޭ ޑިޒައިނަށް ތައްޔާރުކޮށް ސަޕްލައިކޮށްދިނުން

  • ބޭނުންވާ ސައިޒުތަކާއި އަދަދު:  ބޭނުންވާ ސައިޒާއި އަދި އަދަދު ތަކުގެ ލިސްޓެއް މިޝީޓާއިއެކު ހިމެނިފައިވާނެއެވެ.
  • ވޯކިންގް ޔުނީފޯމްތަކުގެ ކުރެހުން މިޝީޓާއިއެކު ހިމެނިފައިވާނެއެވެ.
  • ވޯކިންގް ޔުނީފޯމްގައި އިދާރާގެ ނަމާއި އެހެނިހެން ލިޔުންތައް ބެޓިކުން ޕްރިންޓް ކޮށްފައިއެވެ. (ސްޓިކާ އަކުން ނޫން)
  • ވޯކިންގް ޔުނިފޯމްތައް ފެހުމަށް ބޭނުންކުރަން ވާނީ ޕީކް ޕޮލިސްޓަރ (ޕްރިންޓަބްލް) މެޓީރިއަލުންނެވެ.  ފޮތީގެ/ ޔުނީފޯރމް ގެ  ސާމްޕަލް އެސްޓިމޭޓާއިއެކު ހުށަހަޅަންވާނެއެވެ.
  • ވޯކިންގް ޔުނީފޯމްތައް މި އިދާރާއިން ބެލުމަށްފަހު، ރަގަޅުކުރަންޖެހޭކަމަށް ބުނާ ޔުނީފޯމްތައް، ދެފަރާތުން އެއްބަސްވާ މުއްދަތެއްގެތެރެގައި އިތުރު އަގަކާއިނުކަލައި ރަނގަޅު ކޮށްދޭންވާނެއެވެ. އަދި ދެފަރާތުން އެއްބަސް ވެފައިވާ މުއްދަތުގައި ޔުނީފޯމްތައް މި އިދާރާއާއި ޙަވާލު ކުރަންވާނެއެވެ.
  • ވޯކިންގް ޔުނީފޯމްތައް ތައްޔާރުކުރަންވާނީ އަންދާސީ ޙިސާބު ޙުށަހެޅިއިރު ސާމްޕަލްގެ ގޮތުގައި ހުށަހަޅާފައިވާ ކޮލިޓީގެ ފޮތީގައެވެ.
  • ވޯކިންގް ޔުނީފޯރމުގެ ބިޑް ކާމިޔާބު ކުރާ ފަރާތަކުން، 2 އަހަރުގެ ކޮންޓްރެކްޓެއް ސޮއި ކުރަންޖެހޭނެއެވެ. އަދި މި 2 އަހަރުގެ ތެރޭގައި ކައުންސިލުން ބޭނުންވާ ހިނދެއްގައި، ސާމްޕަލް ފޮތީގެ ކޮލިޓީގައި، އަދި އަންދާސީ ހިސާބު ހުށަހަޅާ އަގުގައި، އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލަށް އައު ޔުނީފޯރމް ފޯރުކޮށްދޭންވާނެއެވެ.

 

  1. 2.        އިތުރު މަޢުލޫމާތު
  • މިމަސައްކަތް ކުރަންޖެހޭނީ އަމިއްލަ ތަކެތީގައެވެ.
  • ވޯކިންގް ޔުނީފޯމް ޓިޝާޓްތައް ހުންނާނީ ޓަރކިޝް ގްރީން، ނޭވީ ބުލޫ އަދި  ގްރޭ ކުލައިގައެވެ. ކޮންމެ ކުލައަކުން ބޭނުންވާ އަދަދު މި ކަރުދާހުގެ 7 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
  • ޔުނީފޯމްގެ ސައިޒު ތަކުގެ ޗާޓެއް މި ކަރުދާހުގެ 8 ވަނަ ނަންބަރުގައި ހިމެނިފައިވާނެއެވެ. ދެވިފައިވާ ކޮންމެ ސައިޒެއްގައިވެސް ހުންނަންޖެހޭނީ އެ ސައިޒް ޗާޓްގައި ހިމެނިފައިވާ މިންތަކެވެ.
  • މި މަޢުލޫމާތު ޝީޓުގެ 09 ވަނަ ނުކުތާގައިވާ ޗެކްލިސްޓް ފުރިހަމަ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން، ޗެކްލިސްޓް ގައިވާ މައުލޫމާތު ފުރިހަމަ ނޫންނަމަ ބިޑް ގަބޫލެއް ނުކުރެވޭނެއެވެ.

 

 

 

 

  1. 3.     ޑެލިވަރީ މުއްދަތު:

 

  • އެގްރީމަންޓްގައި ސޮއި ކުރާ ތާރިޚުންފެށިގެން އެސްޓިމޭޓްގެ މަސައްކަތް ނިމޭނެކަމަށް ބުނެފައިވާ މުއްދަތުގައި ވޯކިންގް ޔުނީފޯމްތައް މި އިދާރާއައި ހަވާލުކުރަންވާނެއެވެ. އަދި ކައުންސިލަށް ވޯކިންގް ޔުނީފޯމްތައް ގެނައުމުގެ ބޯޓާއި، ޕިކަޕްކުލި ހަމަޖައްސަންވާނީ ވޯކިން ޔުނީފޯމްތައް ވިއްކާ ފަރާތުންނެވެ. ވޯކިންގް ޔުނީފޯމްތައް ޙަވާލުކުރާނީ ތިނަދޫ ކައުންސިލް އިދާރާއާއެވެ.

 

  1. 4.     އަންދާސީ ހިސާބުތައް:
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • މީގެ ކުރިން މިމަސައްކަތް ކޮށްފައިވާނަމަ އެކަމުގެ ލިޔުން
  • ހުށަހަޅާ އަގު (އަންދާސީ ހިސާބު މަޢުލޫމާތު ފުރިހަމަ ކޮށްފައި)
  • ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • ޕަވަރ އޮފް އެޓާރނީ (ކުންފުނީގެ ނަމުގައި ލިޔުންތަކުގައި ސޮއިކުރުމުގެ ހުއްދައާއި ބާރު އޮތްކަމުގެ ލިޔުން)

 

  1. 5.     އަންދާސީ ހިސާބު ހުށަހެޅުން:
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 01 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ކުންފުނީގެ ނަމާއި އެޑްރެސް އިންނަންވާނެއެވެ.
  • އީ މެއިލުން އަދި ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅަން ވާނީ 19 މެއި 2022 ވަނަ ދުވަހު 11:00އަށް ތިނަދޫ ކައުންސިލް އިދާރާއަށެވެ.

 

  1. 6.     ޕޮއިންޓް ދެވޭ އުސޫލު:

50%

މަސައްކަތުގެ އަގު

30%

ސަޕްލައި ކޮށްދެވޭނެ މުއްދަތު

5%

މާލީ ގާބިލުކަން (ބޭންކުން ދީފައިވާ ރިފެރެންސް ލެޓަރ)

15%

ތަޖުރިބާ

 

 

 

 

 

 

 

 

  1. 7.     ބޭނުންވާ އަދަދު / ސައިޒުތައް އަދި ކުލަ:

ސައިޒު

އަދަދު

ނޭވީ ބްލޫ ކުލަ

ޓަރކިޝް ގްރީން ކުލަ

ގްރޭ ކުލަ

S (S/S)

30

30

-

-

M (S/S)

80

40

20

20

M (L/S)

31

4

15

12

L (S/S)

58

20

18

20

L (L/S)

80

25

25

30

XL (S/S)

21

5

8

8

XL (L/S)

40

7

15

18

2 XL (L/S)

6

2

4

-

3 XL (L/S)

12

5

3

4

3 XL (S/S)

12

5

3

4

TOTAL

370

143

111

116

 

  1. 8.     ސައިޒް ޗާޓު:

ހައިޓް (އިންޗި)

ވިޑްތް (އިންޗި)

ސައިޒް

25

 18

XS

26

19

S

27

20

M

28

21

L

29

22

X Large

30

23

2X Large

31

24

3X Large

 

 

 

 

 

 

 

 

 

 

 

 

  1. 9.     ޗެކްލިސްޓް:
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • މީގެ ކުރިން މިމަސައްކަތް ކޮށްފައިވާނަމަ އެކަމުގެ ލިޔުން 
  • ކުންފުނީގެ ރެޖިސްޓްރީ ކޮޕީ
  • ޕަވަރ އޮފް އެޓާރނީ
  • މާލީ ގާބިލުކަން ސާބިތުކުރުމަށްޓަކައި ބޭންކުން ދީފައިވާ ރިފެރެންސް ލެޓަރ

 

 

 

 

 

 

 

 

09 މޭ 2022
ހޯދާ