ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް ޕޫލުގެ ދަށުން މުނިސިޕަލް އެސިސްޓެންޓް ބޭނުންވެއްޖެ

ވޭޖް ޕޫލުގެ ދަށުން މުނިސިޕަލް އެސިސްޓެންޓެއް މި އިދާރާއަށް ބޭނުންވެއްޖެއެވެ. މިއީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނަގައި މުއައްޒަފެކެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރައްވާ މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

މަޤާމް:

މުނިސިޕަލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް (01 އަހަރު ދުވަހަށް)

މަޤާމުގެ ރޭންކް:

އެސް. އެސް 2

މަޤާމުގެ  ކްލެސިފިކޭޝަން:

 

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ.

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް ސަރވިސް

މުސާރައާއި އެލަވަންސް:

މަސައްކަތްކުރާ ގަޑިއަކަށް 35.00 (ތިރީސްފަސްރުފިޔާ)

މުސާރާއާއި އެލަވަންސް އިން އުނި ކުރެވޭގޮތް:

މަސައްކަތަށް ޙާޟިރުނުވާނަމަ، ޙާޟިރުނުވާ ގަޑިއަކަށް 35.00 (ތިރީސްފަސްރުފިޔާ)

އެހެނިހެން އެލަވަންސްތައް.

-

އިތުރު އިނާޔަތްތައް:

އިތުރުގަނޑީގައި މަސައްކަތް ކުރާނަމަ އިތުރުގަނޑީގެ ފައިސާ ލިބޭނެއެވެ.  

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

ހުކުރު ދުވަސް ފިޔަވައި ހަފްތާއަކު 6 ދުވަހު، ދުވާލަކު 04 ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލަށް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އެކި ކަންކަމާ ގުޅޭގޮތުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ޢަމުރުތަކާއި ބަހައްޓާންޖެހޭ ނޯޓިސްތަކާއި އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ތަފާތު އެކި މަސައްކަތްތައް ކުރުމަށް ކައުންސިލުން ހުއްދަދީފައިވާ ތަންތަނުގައި އެ މަސައްކަތްތައް ކުރަމުން ގެންދަނީ ކައުންސިލުން ދީފައިވާ ހުއްދައާއި އެއްގޮތަށްތޯ ބަލައި ދީފައިވާ ހުއްދައާއި ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އުޞޫލާއި އެއްގޮތަށް އެޅުން.
  5. ފައިބަރުން މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ހަރުގެވަޅުތަކުގައި އެ މަސައްކަތްތައް ކުރަނީ ހުއްދަދީފައިވާ ގޮތަށްތޯ ބަލައި ޤަވާޢިދާއި ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމުގައި އެހީތެރިވުމާއި އަދި އެފަދަ ކަންކަމުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް، ރަށުގެ އެކިތަންތަނުގައި ތަކެތި ބަހައްޓާ ފަރާތްތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ކުނިއުކަން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތަކާއި ކުނި އުކުން މަނާ ދުވަސް ދުވަހާއި،ގަޑި ތަކުގައި ކުނިގޮނޑަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ކަމާއިބެހޭ ސެކްޝަނަށް ޙިއްޞާކުރުމާއި އަދި އެފަދަ ކަންތައްތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ރަށުގެ ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެއްޔާއި އަކިރި ނަގާފަރާތްތަކާއި ރަށުގެ ވަލުތެރެއިން ވެލި ނަގާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ޙިއްސާކުރުމާއި، ރަށުގެ ބަނދަރާއި ރަށުގެ މޫދު ސަޙައްދާއި ރަށުގެ ގޮނޑުދޮށް ސާފުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  9. ރަށުގެ ވަލުތެރެއިން ޤަވާއިދާއި ޚިލާފަށް ދަރުކޮށާ ފަރާތްތައް ހުއްޓުވުމާއި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ސެކްޝަނަށް ޙިއްޞާކުރުމާއި، އެކަންކަމާގުޅޭ ގޮތުން ކައުންސިލުން އަޅާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި އެހީތެރިވުމާއި އަދި ޢަމަލީ ގޮތުން އެ މަސައްކަތް ކުރުން.
  10. މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އަދި އެކިކަންކަމަށް ދޫކޮށްފައިވާ ބިންތަކުގައި ހުންނަ ރުއްގަހުން މަގަށް ނުކުމެފައި އޮންނަ ފަނާއި އޮފިތައް ކޮށުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަންކަން ޙައްލު ކުރުމުގައި އެހީތެރިވުން.
  11. ނުދިއްލި ހުންނަ މަގު ބައްތިތައް ރަނގަޅަށް ދެނެގަނެ އެ ތަކެއްޗާއި ބެހޭ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް އެންގުމަށް ތައްޔާރުކޮށްފައިވާ ސްލިޕް ފުރިހަމަކޮށް ލިޔުމުން އެންގުމާއި އަދި އެކަން މުނިސިޕަލް ސަރވިސް ޔުނިޓްގެ ވެރިޔާގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ޙައްލު ކުރުމަށް  މަސައްކަތް ކުރުން.
  12. ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ހުންނަ ތަންތަން ފޮޅާ ދޮވެ ސާފުކޮށް ބެލެހެއްޓުމާއި އަދި އެފަދަ ތަންތަނުގައި ހުންނަތަކެތި މަރާމާތުކޮށް ބެލެހެއްޓުން.  
  13. ރަށުގެ ފަޅުގޯތިތަކާއި، ރަށުގެ ހުރިހާ ގޯތިތަކާއި ގުޅިފައިވާ މަގުތަށް ސާފުކޮށް ބަލަހައްޓާތޯ ބެލުމާއި،ރަށުގެ މަގުތަކާއި އެނޫންވެސް ތަންތަނުގައި ބަހައްޓަފައި ހުންނަ ތަކެތި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ނަގަން އެންގުމާއި އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  14. ރަށުގެ ރައްޔިތުންގެ އިޖްތިމާޢީ ފެންވަރުގައިކުރެވޭ މަސައްކަތްތަކާއި ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ޙަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ޚާއްސަ މުނާސަބާތަކާއި، މުބާރާތްތަކާއި، އެހެނިހެން ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައްކުރުން.
  15. ވެށިފާރަ ވެރިވުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާއިދާއި ޚިލާފަށް ކަންކަން ކުރާފަރާތްތަކަށް ނަޞޭޙަތްތެރިވެ އެފަދަކަންކަން ހުއްޓުވައި އަދި ވެށިފާރަވެރިވުމުގެ ޤަވާއިދާއި އެއްގޮތަށް ފީނަގަން ޖެހޭނަމަ ފީނެގުމަށް ޙަވާލުކުރަންޖެހޭ ސްލިޕް ޙަވާލުކުރުން.
  16. ރަށުގެ ރައްޔިތުންނަށް ބަހަންޖެހޭ ތަކެތި ބެހުމާއި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި އުކާލަންޖެހޭ ތަކެތި އުކާލުމުގައި ކައުންސިލްގެ އިދާރާއަށް އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އަދި އެފަދަ މަސައްކަތްތައް ޢަމަލީ ގޮތުން ކުރުން.
  17. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ އާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރި ކަމާއެކުބަރާބަރަށް އެ މަސައްކަތްތައް ކުރުން.
 
 
 
 
 
 
 
 
 
 
 
 
 
 
 

މަޤާމުގެ ޝަރުޠު:

1-      މިފަދަ މަޤާމަކަށް މީހަކު ނެގުމަށް ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ޤަވާޢިދާއި، އިޖްރާއީ އުޞޫލު ތަކުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި، އަދި

2-      މަސައްކަތް ކުރުމުގައި ކެރޭ ހީވާގި މީހަކު ކަމުގައިވުން

3-      އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން.

4-      މަސައްކަތުގެ ތަޖްރިބާ ހުރުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ކޮޕީ: (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  4. ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
  5. ސްކޫލުގެ ލީވިންގ ސެޓްފިކެޓުގެ ކޮޕީ:
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 މޭ 2022  ވަނަ ދުވަހުގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:      [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 މޭ 2022 އާއި 26 މޭ 2022 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މޭ 2022
ހޯދާ