ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިގެދޮރުގައި ނަންބޯޑު ހަރުކުރުމާއި ގުޅޭ.

ކުޑަހުވަދޫން ދިރިއުޅުމަށްޓައި ދޫކޮށްފައިވާ ގޯތިތަކުގައި، ހާއްސަކޮށް މީހުން ދިރިއުޅެމުންދާ  ގޯތިތަކުގައި ނަންބޯޑު ބޭރަށް ފެންނަން ނުހުންނަ ވަރަށްގިނަ ގޯތިތައް ހުރިކަން ފާހަގަ ކުރެވެއެވެ. މިއީ ތަރައްޤީވަމުން މިއަންނަ މުޖުތަމައުގައި ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެކަމުގެ ދަތިކަން ކުރިމަތިވަމުންދާ ކަމެއްކަން މި ކައުންސިލަށް ފާހަގަކުރެވެއެވެ. އަދި ޚިދުމަތް އަވަސްކުރުމަށް އެޅޭ ވަރަށްބޮޑު ހުރަހެއްކަންވެސް ފާހަގަ ކުރަމެވެ. އަދި މިކަމުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން މި އިދާރާއަށްވެސް ވަރަށްބޮޑު ދަތިކަމެއް ކުރިމަތިވާކަމެކެވެ.

            ވީމާ ދަންނަވަމެވެ. ކުޑަހުވަދޫން ދިރިއުޅުމަށްޓަކައި ފާހަގަކޮށްފައިވާ ގޯތިތަކުގައި ތިރީގައިވާ މަޢުލޫމާތުތައް އެނގޭނޭގޮތަށް އެގޯއްޗެއްގެ ނަންބޯޑު 2022 މެއި 31 ވަނަދުވަހުގެ ކުރިން ހަރުކޮށް ނިންމުމަށް ދަންނަވަމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6760522 އަށް ގުޅުއްވުން އެދެމެވެ.

  • ގޭގެ ނަން: ދިވެހިން އަދި އިގިރޭސިން ( އިސްކަންދޭނި ދިވެހި އަކުރަށެވެ)
  • ގޭގެ ނަންބަރު:
  • ބްލޮކްނަންބަރު:
  • މަގުގެ ނަން:

ވީމާމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މޭ 2022
ހޯދާ