ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢިމާރާތްކުރާ ސްޕެސިއަލް ނީޑްސް ކުލާސްރޫމް ބްލޮކްގެ ކޮންކުރިޓް މަސައްކަތާއި ކަރަންޓް މަސައްކަތް ކުރުން

1        މިމަރުކަޒުގެ ސްޕެސިއަލް ނީޑްސް ކުލާސްރޫމް ބްލޮކުގެ ކޮންކުރިޓް މަސައްކަތާއި ކަރަންޓް މަސައްކަތް ކުރުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)GS08/2022/20 އަށް އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2        މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2022 މެއި 08 އިން 2022 މެއި 16 ވަނަ ދުވަހުގެ 13:00 ގެކުރިން [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3        މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 16 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލްވުން އޮންނާނީ 2022 މެއި 16 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

 

5        ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މެއި 19 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

6        މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ 1% ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

7        މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8        އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

 

08 މޭ 2022
ހޯދާ