ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޕްރޮގްރާމް ކޯޑިނޭޓަރ (ވަގުތީ)

 

`

 

 ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

މި ކޯޓުގެ ނަންބަރު (IUL)435-A1/2022/06 ޢިއުލާންއާއި ގުޅިގެން އެއްވެސް އެޕްލިކޭޝަންއެއް ލިބިފައިނުވާތީ މި މަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/2022/07

ތާރީޚް: 08 މެއި 2022


މަޤާމު

ޕްރޮގްރާމް ކޯޑިނޭޓަރ (ވަގުތީ)

މުއްދަތު: އިޢުލާނުކޮށްގެން މުވައްޒަފަކު ހަމަޖެހޭ ތާރީޚުން ފެށިގެން، ހަ މަހުގެ ޗުއްޓީގައި ހުންނަ މުވައްޒަފު ނިކުންނަންދެން. (10 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ނިޔަލަށް)

ޢަދަދު

1

ރޭންކް: އެމް.އެސް 3

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން

ރިހެބިލިޓޭޝަން އެންޑް އެންފޯސްމަންޓް ސެކްޝަން

އަސާސީ މުސާރަ:

-/7,035 ރުފިޔާ

އެލަވަންސް:

-  ސަރވިސް އެލަވަންސް: -/2000 ރުފިޔާ

-  ލިވިންގ އެލަވަންސް: -/2700 ރުފިޔާ

-  ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

-  ދިވެހިރާއްޖެގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ބޭނުންވާ ލަފާ ހޯދުމުގެ ކަންކަން އިންތިޒާމްކުރުން.

- އިންޑިކޭޓިވް އެސެސްމަންޓު ހެދުމަށް ބޭނުންވާ ފަރާތްތަކާ ގުޅޭ ގޮތުން ފަނޑިޔާރުންނަށް ބޭނުންވާ ލަފަޔާއި އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވެ ފަރުވާ ހޯދުމަށް އެއްބަސްވާ ފަރާތްތަކަށް ބޭނުންވާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ކުރާ އަމުރުތަކާގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން.

- ކޯޓުގެ ފަރާތުން ފަރުވާ ލިބިގަތުމަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ފަރުވާގެ ޕްރޮގްރާމްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

- ޙުކުމް ކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

- ރީހެބިލިޓޭޝަން އަމުރާ ގުޅިގެން ފަރުވާގެ ޕްރޮގްރާމްގެ މުއްދަތުގައި ފަރުވާލިބިގަންނަ ފަރާތްތަކާ ގުޅޭގޮތުން ކޯޓުން ކުރަންޖެހޭ އެންމެހާ ކަންކަން މޮނިޓަރކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ކަނޑައެޅިފައިވާ މުއްދަތުގައި ރީހެބިލިޓޭޝަން ހަމަޖެއްސެންނެތް ފަރާތްތަކާ ގުޅޭ މަޢުލޫމާތު ކަމާގުޅޭ ސެކްޝަންތަކަށާއި ފަރާތްތަކަށް ދިނުން.

- ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެންގޭ ފަރާތްތަކާގުޅޭ މަޢުލޫމާތު ރެޖިސްޓްރާރއަށް ދިނުން.

- އިބްތިދާއީ އަޑުއެހުމުން ފެށިގެން އެމީހެއްގެ މައްސަލަ ނިމެންދެން، ފަރުވާގެ ތެރޭގައި ހިނގާ އެންމެހާ ކަންތައްތަކުގެ ތަފާސް ހިސާބުތައް ބަލަހައްޓައި، އެ މަޢުލޫމާތުތައް އާންމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

- ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކާ ގުޅޭގޮތުން ހޯދަންޖެހޭ ރިޕޯޓްތައް ހޯދުމުގެ ކަންކަން ހިންގާ ބެލެހެއްޓުން.

- ފަރުވާއަށް ފޮނުވާ ފަރާތްތައް ކޯޓުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފަރުވާ ލިބިގަންނަމުންދާކަން ކަށަވަރުކުރުން.

- ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ހިންގަންޖެހޭ ޙަރަކާތްތައް ވެރިންގެ މަޝްވަރާއާއެކު ހިންގުން.

- އޮފީހުގައި ހެދިފައިވާ ކޮމިޓީތަކުގެ ތެރެއިން ކޮމިޓީއަކަށް ހޮވިއްޖެ ކަމުގައިވާނަމަ، އެ ކޮމިޓީގައި މަސައްކަތްކުރުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލަޖީ 

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ.

6- ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯޓުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލޮފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިޖެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރިޑޭޓްކޮށް ހުށަހެޅުން.

8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފިރުހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި

17 މެއި 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، ވެބްސައިޓްwww.drugcourt.gov.mv  އިން ލިބެން ހުންނާނެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3018556

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން

5%

މަސައްކަތުގެ ތަޖްރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

- މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

- ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި އަދި އެނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

 

 

 

 

 

 

08 މޭ 2022
ހޯދާ