ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޮލިމްޕަހުގައި ފިލްމު ސްކްރީންކުރުމަށް ސްކްރީންއެއް ހޯދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އޮލިމްޕަހުގައި ފިލްމު ސްކްރީން ކުރުމަށް ސްކްރީނެއް ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، މި ސެންޓަރުގެ ނަންބަރު: (IUL)177-A2/1/2022/18 (25.04.2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ޙާޒިރުވެފައި ނުވާތީ އަލުން މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

ތަފްޞީލް

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

އަންގާރަ

10.05.2022

11:00

އަންދާސީ ހިސާބު ހުށަހެޅުން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

(އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން)

ހޯމަ

16.05.2022

11:00

08 މޭ 2022
ހޯދާ