އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަން ހަމަޖެހިފާވާ ތަން: އިސްކަންދަރު ސްކޫލް

ރަށް: ކ. މާލެ

މަޤާމުގެ ބާވަތް: ދާއިމީ   

ސެކްޝަން: އެކަޑަމިކް

ޝަރުޠު:

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ކޮމްޕިއުޓަރ ޓެކްނީޝަން

MS1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ،

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610

 

-/2000

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ސްކޫލުގެ ކޮމްޕިއުޓަރ، ސާރވާ އަދި ނެޓްވޯކް ޓްރަބަލްޝޫޓިންގ ގައި ދިމާވާ މައްސަލަތައް ޗެކުކުރެއްވުމަށް ފަހު މަރާމާތު ކުރުމާއި، އަދި މިނޫނަސް ކޮމްޕިއުޓަރަށް ދިމާވާ ހުރިހާ މައްސަލަތައް ބެލެހެއްޓުމާއި، ސާރވާގެ ސެކިއުރިޓީ ބެލެހެއްޓުން.
  • ސްކޫލުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 
  • ސްކޫލުގެ ހުރިހާ ސިސްޓަމްތައް ރަނގަޅަށް ބަލައި ޗެކުކުރުމާއި، ވައިރަސް ސްކޭންކޮށް އަޕްޑޭޓްކުރުން.
  • އެން.ސީ.އައި.ޓީ އާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވަރކްގެ އެންމެހާ މަސައްކަތެއް ބެލެހެއްޓުން.
  • ސްކޫލުގެ ކުދިންނަށް ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ކުދިންގެ ކުރިމަތީގައި ރީތިއާދައާއި، އަޚުލާޤީ މިސާލެއް ކަމުގައިވުމަށާއި، ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއި ކުރުމަށް މުވައްޒަފެއްގެ ހައިސިއްޔަތުން ވެރިންނާއި ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން.
  • އަދި މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތް ކުރުން.

 

އުޖޫރައާއި އިނާޔަތްތައް:

 - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް
  2. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

ހުށަހަޅަންޖެހޭ ތަކެތި:  

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކުރެވިފައިވާ ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސިވިލް ސާރވިސްގެ ކޮމިޝަންގެ ސީ.ވީ ނަމޫނާއާ އެއްގޮތަށް)
  • ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

  • ސުންގަޑި: މި މަޤާމަށް އެދިލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން އިސްކަންދަރު ސްކޫލަށް ވަޒީފާއަށް އެދޭ ފޯމާއި މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
  • އިންޓަވިއު ކުރުން އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 07 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި މި ސްކޫލުގެ މީޓިންގ ރޫމުގައެވެ.
  • ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލްއިން ކަނޑައަޅާ އަދަދަކަށް އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ
  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3323244 ނަންބަރު ފޯނާއެވެ.
11 ސެޕްޓެންބަރު 2014
ހޯދާ