މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ޕިއަރ އެޑިއުކޭޓާރޒް ޓްރެއިނިންގ އޮފް ޓްރެއިނާޒް ( ޓީ.އޯ.ޓީ)" ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ބެހޭ

                         އިޢުލާން

"ޕިއަރ އެޑިއުކޭޓާރޒް ޓްރެއިނިންގ އޮފް ޓްރެއިނާޒް ( ޓީ.އޯ.ޓީ)" ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ޕިއަރ އެޑިއުކޭޓާރޒް ޓްރެއިނިންގ އޮފް ޓްރެއިނާޒް ( ޓީ.އޯ.ޓީ)" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ފޯމް މެދުވެރިކޮށް ނުވަތަ އޮންލައިން ފޯމް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީނެވެ. 

މި ދެންނެވި މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން 16 މެއި 2022 ގެ ކުރިން [email protected]  ވެބްސައިޓު މެދުވެރިކޮށް ، އޮންލައިން ރެޖިސްޓްރޭޝަން (https://forms.gle/RV8bA6XY7nDmu3m18) ނުވަތަ ސޯޝަލް ސެންޓަރ ގެ ރިސެޕްޝަނަށް ފޯމް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ބައިވެރިވުމަށް އެދޭ ފޯމް
  2. ސީ.ވީ
  3. އައި.ޑީ ކާރޑް ކޮޕީ
  4. ޕާސްޕޯޓް ސައިޒް ގެ 2 ފޮޓޯ
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  6. ލިބިފައިވާ ތަޖްރިބާ ނުވަތަ އަދާކޮށްފައިވާ ވަޒީފާތަކުގެ ލިޔުން

                    ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

08 މޭ 2022
ހޯދާ