މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އުޞޫލުން މިސްކިތު މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތެއް ހޯދުން

ވޭޖް އުސޫލުން މަސައްކަތު މީހުން ހޯދުމާބެހޭ.

މިރަށުގެ އިޙްލާސް މިސްކިތުގައި ވޭޖްއުސޫލުން މަސައްކަތްކުރާނެ މަސައްކަތު މީހަކު ހޯދަން ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު

މަޤާމު

ރޭންކް

މަސައްކަތް ކުރާ ގަޑިއަކަށްޖެހޭ ފައިސާގެ ޢަދަދު

ވޭޖް ކޮންޓްރެކްޓް ކުރެވޭގަޑި އިރުގެ ޢަދަދު

1

މަސައްކަތު

SS1

45/-

250 ގަޑިއިރު

 މަޤާމުގެ ޝަރުޠު:

  •  އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް

 

1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ދެއްވާ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށް ފުރިހަމައަށް ޖަވާބުދާރީވުން.

3. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތުގެ އެތެރެއެއާއި ފާޚާނާ/ ފެންއިސްކުރުބަރި އަދި ފެންވަޅު ދޮށާއި ވޯކުވޭތައް ސާފު ތާހިރު ކުރުން.

4.  ޖަމާޢަތުގައި ނަމާދުކޮށް ނިމިގެން މީހުން މިސްކިތުން ފޭބުމުން އެއަރކޮންޑިޝަން، ފަންކާ އަދި ލައިޓް ފަދަ ކަރަންޓް ބޭނުންކުރާ ތަކެތީގެ ތެރެއިން ކޮންމެހެން ބަހައްޓަންޖެހޭ އެއްޗެއް ފިޔަވައި އެހެން ހުރިހާ އެއްޗެތީގެ ކަރަންޓް ކެނޑުން އަދި އެއްވެސް ފެން އިސްކުރެއް ދޫވެފައިވޭތޯ ބަލާ ރަގަޅު ކުރުން.

5.   ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މިސްކިތު ގޯތިތެރެއާއި މިސްކިތް ހިމެނޭ މަގުތައް ކުނިކަހާ ސާފު ތާހިރުކުރުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

6.   ކޮންމެ ހަފްތާއަކު މަދުވެގެން 2 ފަހަރު މިސްކިތުގެ ހުރިހާ ބިއްލޫރި ތަކާއި، ފަންކާ، ބޮކި، ހޮޅިބުރި، އޭސީ، ފަރުނީޗަރ އަދި މިސްކިތު ތެރޭގައި ބެހެއްޓިފައިވާ ތަކެތި ފޮހެ ސާފުކުރުން.

7.   ކައުންސިލްގެ އިދާރާއިން ނުވަތަ އިމާމު/މުދިމު ހަމަޖައްސަވާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ބަގީޗާފަދަ ގަސްތައް އިންދާ ހައްދައި ގަސްތައް ކޮށައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

8.  މިސްކިތުގެ ވަޅުދިޔަ ހިއްކުމާއި އަދި ފުރާޅާއި ދިޔަދޮވި ސާފުކުރުން.

9. ރަމަޟާން މަހާއި ގުޅިގެން ކުރެވޭ ތަރާވީޙު ނަމާދާއި ދަމުނަމާދުގެ އިތުރުން ހުކުރު ނަމާދާއި ޢީދުނަމާދާއި ކޭތަ ނަމާދުތަކަށް މިސްކިތް ތައްޔާރުކުރުން.

10. ރަމަޟާން މަސްފަދަ ޚާއްޞަ މުނާސަބަތުތަކަށް ނުވަތަ އެނޫން ގޮތަކަށްވިއަސް މިސްކިތް ޒީނަތްތެރިކުރުންފަދަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތް ކުރުން.

11.  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން އިމާމު/މުދިމް އަދި ކައުންސިލްގެ އިދާރާއަށް އެންގުން.

12.  މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

13.  މިސްކިތުގައި އިންތިޒާމުކުރާ ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.

14.  ފަރުޟު ފަސްނަމާދުގެ އިތުރަށް މިސްކިތުގައި ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރުމަށް މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

15.  ކައުންސިލުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކާލުން

16.  ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާތަކާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވުމާއި ދޮރުތައް ލެއްޕުން.

17.  ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތްތަކުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުން.

18.  މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން

19.  މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.

20.  ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން. 

21.  މިސްކިތްތަކުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

22.  މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމާއި، މިސްކިތުގެ އިމާމުންނާއި މުދިމުންނަށާއި ކައުންސިލަށް އެއްބާރުލުން ދިނުން.

23.  މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

 
 
 

 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މޭ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ލިބެން ހުންނާނީ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. 

08 މޭ 2022
ހޯދާ