ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: SOM/IUL/2022/017
ރަމަޟާންމަހަށް މެދުކަނޑާލާފައިވާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކުޅިވަރުތައް ފެށުން
ރަމަޟާންމަހަށް މެދުކަނޑާލާފައިވާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް) ގެ ކުޅިވަރުތައް ފެށުމަށްޓަކައި ޙަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން "ސްވިމިންގ އޯޕަން ޑޭ" އަކާއި ކުދިންގެ ފެންވަރު ދެނެގަތުމަށް "ސްކްރީނިންގ ޑޭ" އެއް ބޭވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ އެސް-އޯ މޯލްޑިވްސްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކުގެ ތެރެއިން ސްވިމިންގ އަށް ނަން ނޯޓު ކުރައްވާފައިވާ އެތުލީޓުން (ކުދިން) ތިރީގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުވުމަށް ދަންނަވަމެވެ.
"އޯޕަން ޑޭ"
ތާރީޚް: 13 މެއި 2022
ގަޑި:16:00
ތަން: އާޓިފިޝަލް ބީޗް
ހެދުން: މޫދަށް އެރެވޭ ކަހަލަ ހެދުމެއް
"ސްރީނިންގ ޑޭ"
ތާރީޚް: 14 މެއި 2022
ތަން: އާޓިފިޝަލް ބީޗް
ހެދުން: މޫދަށް އެރެވޭ ކަހަލަ ހެދުމެއް
ނޯޓް: ސްކްރީން ކުރުން އޮންނީ ހުރިހާ ކުދިންނަށް ބަހާލައިގެން އެކި ކުދިންނަށް އެކި ވަޤުތެވެ. ވީމާ އެކުއްޖަކަށް ކިޔާ ގަޑިއަށް އެ ކުއްޖަކު ގެނައުމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.
5 މެއި 2022
4 ޝައްވާލް 1443
