އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯޅަދަނޑު ސަރަހައްދަށް ދަނޑުގެ ހުޅަނގު ފަރާތުން އިތުރުކުރުމަށް ހަމަޖެހިފައިވާ ބަޔަށް އަރާ އަމިއްލަފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ބަދަލުގެ ކަންތައް ހަމަޖެއްސުމާއި ގުޅޭ

                                                       ނަންބަރު: (IUL)345-MS/345/2022/44

އިޢުލާން

ބޯޅަދަނޑު ސަރަހައްދަށް ދަނޑުގެ ހުޅަނގު ފަރާތުންއިތުރުކުރުމަށް ހަމަޖެހިފައިވާ ބަޔަށް އަރާ އަމިއްލަފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ބަދަލުގެ ކަންތައް ހަމަޖެއްސުމާއި ގުޅޭ:

 

              މި ކައުންސިލްގެ ނަންބަރު (IUL)345/345/2021/192 (23 ޑިސެންބަރ 2021) އިއުލާނަށް އެކަށީގެންވާ މިންވަރަށް އިޖާބަ ދީފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

              މި ރަށު ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަހައްދަށް އިތުރުކުރާ ބަޔާއި އެބައިގެ ހުޅަނގުން އުތުރުން ދެކުނަށް ކެނޑުމަށް ހަމަޖެހިފައިވާ މަގު ހިމެނޭ ސަރަހައްދުގައި ހުރި ރުއް ގަސް ނެގުމުގެ ކުރިން އެރުއް ގަހުގެ ވެރިފަރާތް ހޯދައި ރުކާބެހޭގޮތުން ރުކުގެ ވެރިފަރާތް އެދޭގޮތް ( ރުއް ކަނޑައިގެން ގެންދިއުން ނުވަތަ ބަދަލު ލިބިގަތުން ) ބަލައި އެކަން ނިންމަން ބޭނުންވެއެވެ.

              ދެންނެވިފައިވާ ސަރަޙައްދުގައި ނަންބަރު 1 އިން 154 އަށް ރަތް ކުލައިގެ ދަވާދުން ރުއްތަކުގައި ނަންބަރު ޖަހާފައިވާނެއެވެ. މިރުއް ތަކުގެ ވެރިފަރާތުން ރުކުގައި ކައުންސިލުން ޖަހާފައިވާ ނަންބަރާއި، ރުކުގެ ކޯޑްނަމްބަރާއި، ރަޖިސްޓަރީ ނަމްބަރު އަދި ރުކާ ބެހޭގޮތުން އެފަރާތުން ނިންމަވާގޮތް (ކައުންސިލުން ކަނޑައަޅާ މުއްދަތެއްގައި ރުއް ކަނޑައިގެން ގެންދިޔުން ނުވަތަ ބަދަލު ލިބިގަތުން) ލިޔުމަކުން، 08 މެއި 2022 އިން 16 މެއި 2022ގެ ނިޔަލަށް މިއިދާރާއަށް ހުށައެޅުން އެދެމެވެ.

              އަދި ދަންނަވަމެވެ. މިމުއްދަތުގެތެރޭގައި މަޢުލޫމާތު ހުށަހަޅާ ހުރިހާ ރުއްގަހުގެ ކަންކަން ހަމަޖެއްސުމުގެ ކަންތައް ކުރިޔަށް ގެންދާނެކަމަށާއި އެ މުއްދަތުގައި އެއްވެސް މަޢުލޫމާތެއް ހުށަނާޅާ ހުންނަ ހުރިހާ ރުއްގަހަކީ ކައުންސިލްގެ ރުއްގަސް ކަމަށް ކަނޑައަޅައި އެ ރުއްގަސް ނަގާ ބިންސާފު ކުރުމުގެ މަސައްކަތް ކުރުވޭނެއެވެ. އަދި އޭގެ ސަބަބުން އެއްވެސްފަރާތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 މޭ 2022
ހޯދާ