މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީ ކައުންސިލްގެ ދަށުން ބަލަހައްޓަމުންގެންދާ މާލެ/ހުޅުމާލެ/ވިލިމާލެ ސަހަރާތައް ސާފުކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

      މާލެސިޓީ ކައުންސިލްގެ ދަށުން ބަލަހައްޓަމުންގެންދާ މާލެ/ހުޅުމާލެ/ވިލިމާލެ ސަހަރާތައް ސާފުކުރުމުގެ މަސައްކަތް މޮނިޓަރކޮށް ސާފުކޮށް ބެލެހެއްޓޭތޯ އަދި އެއްވެސް އިތުރު މައްސަލައެއް ސަހަރާތަކަށް ދިމާވޭތޯ ބަލައި ދުވަހުން ދުވަހަށް މި ކައުންސިލަށް ރިޕޯޓުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު 122 (IUL)425-A2/1/2022/ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

      ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން (ޢާއްމު ފަރުދުންނާއި ޕާޓްނާޝިޕް، ކުންފުނިތައް) މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

09 މެއި 2022

12:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

12 މެއި 2022

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި އާއްމު ފަރުދުންނާއި، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.

 

  • އިތުރު މަޢުލޫމާތު: 

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

28 އެޕްރީލް 2022
ހޯދާ