މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާ، ރަސްމިއްޔާތުތައް އަދި ޕްރެސްކޮންފަރެންސް ތަކާ އެހެނިހެން ހަފްލާތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

        މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާ، ރަސްމިއްޔާތުތައް އަދި ޕްރެސްކޮންފަރެންސް ތަކާއި އެހެނިހެން ހަފްލާތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މާލެ ސީޓީ ކައުންސިލުން ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު އެއްމެ އެދެވޭ ގޮތުގައި، ވަގުތުން ވަގުތައް ފޯރުކޮށް ދިނުމަށް ބޭނުންވާތީ، ކައުންސިލުގެ ހުރިހައި ޖަލްސާތަކާޢި ޕްރެސްކޮށްފަރެންސް އަދި އެހެނިހެން ހަފްލާތަކުގެ ލައިވް ބްރޯޑްކާސްޓިންގ ހެދުމަށް ވަނީ ކައުންސިލްގެ ރަސްމީ ޖަލްސާއިން ފާސްކޮށް ނިންމާފައެވެ. 

        ވީމާ، މިކަމަށް ޝުއުޤުވެރިވެފައިވާ ފަރާތްތަކުން މުއުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ       ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

12 މެއި 2022

14:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

17 މެއި 2022

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނެ ދިވެހިކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުން އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

  • އިތުރު މަޢުލޫމާތު: 

-        މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

 

28 އެޕްރީލް 2022
ހޯދާ