ދިވެހިރާއްޖެ
މާލެ ސިޓީގެ އެކިއެކި ސަރަޚައްދުތައް މޮޑާން ކޮންސެޕްޓްތައް ބޭނުންކޮށްގެން ޑިޒައިންކޮށް ޒީނަތްތެރި ކުރުމަށް ބޭނުންވާތީވެ، މި ފަންނުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި މިފަދަ ޒީނަތްތެރިކުރުމާ ބެހޭ ކުރުކޯސްތައް މިކަމަށް ޝައުގުވެރިކަން ހުންނަ ސްކޫލް ދަރިވަރުންނަށާއި، ޒުވާނުންނަށް އަދި އަންހެން ކަނބަލުންނަށް ހިންގާ ދިނުމަކީވެސް މިފަރާތުން ކޮއްދޭންވާނެ ކަމެކެވެ.
ވީމާ، މިކަމަށް ޝުއުޤުވެރިވެފައިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
މަޢުލޫމާތު ސާފުކުރުން |
12 މެއި 2022 |
13:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
އަގު ހުށަހެޅުން |
17 މެއި 2022 |
10:00 |
ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް |
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނެ ދިވެހިކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި އަމިއްލަ ފަރުދުން އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) ފޯން: 3025487 / އީމެއިލް: [email protected]