މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެސިޓީ ކައުންސިލްގެ ދަށުން މާލޭގައިމުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތް ސުޕަރވައިޒްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މާލެސިޓީ ކައުންސިލްގެ ދަށުން މާލޭގައިމުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތް ސުޕަރވައިޒްކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

                މާލެސިޓީ ކައުންސިލްގެ މުނިސިޕަލް ޚިދުމަތްތައް މާލޭ އޭރިޔާގައި ފޯރުކޮށްދެމުންދާ ގޮތް ސުޕަރވައިޒްކޮށް ދުވަހުން ދުވަހަށް ރިޕޯޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ކުރެވުނު ނަންބަރު (IUL)425-A2/1/2022/125 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

                ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން (އާންމު ފަރުދުންނާ، ޕާޓްނާރޝިޕް އަދި ކުންފުނިތައް) މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

09 މެއި 2022

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

12 މެއި 2022

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި އާއްމު ފަރުދުންނާއި ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.

 

  • އިތުރު މަޢުލޫމާތު: 

-        މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

 

28 އޭޕްރިލް 2022
ހޯދާ