ދިވެހިރާއްޖެ
ނަމްބަރ: 254/254/2022/26(IUL)
އިޢުލާން
އައުޓްޑޯ ޖިމް ޤާއިމްކުރުމާއި ގުޅޭ
މިރަށު އައުޓްޑޯ ޖިމްގެ ގާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށައަޅާ ފަރާތްތަކުން ކުންފުނި (ވިޔަފާރި/ ޕާރޓްނާރޝިޕް ) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ރަޖިސްޓްރީގެ ކޮޕީ ހުށައެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.
| ތަފްސީލް | ތާރީހް | ގަޑި | ތަން | 
| ބީލަމުގައި ރަޖިސްޓްރީވުން | 8 މެއި 2022 އިން 16 މެއި 2022 އަށް | 9:30 އިން 12:00 އާއި ދެމެދު | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
| ޕްރީ ބިޑް މީޓިންގް | 17 މެއި 2022 | 10:00 | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
| ބީލަން ހުށަހެޅުން | 24 މެއި 2022 | 10:00 | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ފޯމް މި އިޢުލާންއާއި އެކު ލިބެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭޏުންވާނަމަ 2022 މެއި 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ގެޒެޓް އަދި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް ފުރިހަމަކޮށް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެވިދާނެއއެވެ. ނުވަތަ މިއިދާރާއަށްވެސް ހުށަހެޅިދާނެއެވެ. އަދި ބިޑްއެވޯޑް ކުރުމުގައި "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދައް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ / ހއ.ތަކަންދޫ
އީ-މެއިލް: [email protected]
ފޯން: 6500034
 
                    