ދިވެހިރާއްޖެ
އިޢުލާން
ށ އަތޮޅު ކައުންސިލް އިދާރާގެ އައުޓްބޯޑު 2އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުން
މިއިދާރާގެ "މާމުލި" ލޯންޗުން ބައުވެގެން ނަގާފައިވާ އައުޓްބޯޑު 2 އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)227-GA/227/2014/9 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެދެއިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުމަށް ހުށައަޅަމެވެ.
އިންޖީނާބެހޭ މަޢުލޫމާތު:
ނީލަން ނަންބަރު |
ބާވަތް |
ސީރިއަލް ނަންބަރު |
އިތުރު ތަފުސީލު |
1 |
އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ |
6G6X1019063 |
ބުރަފަތި ނެތް |
2 |
އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ |
6G6X1019064 |
ބުރަފަތި ނެތް |
ކޮންމެ އިންޖީނެއްގެވެސް ނީލަން ފެށޭއަގަކީ -/40,000 (ސާޅީސްހާސް) ރުފިޔާއެވެ. އަދި އިންޖީނަކަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/1,000 (އެއްހާސް) ރުފިޔާއެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެ ދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މި އިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އައުޓްބޯޑު އިންޖީނާބެހޭ މައުލޫމާތާއި ފޮޓޯ މި އިދާރާއިންނާއި އަދި މި އިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މި އިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.
15 ޛުލްޤަޢިދާ 1435