ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޤްވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މަސްޖިދުއް ތަޤްވާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

 ބީލަމުގައި ބައިވެރިވުމަށް 50.00 (ފަންސާސް ރުފިޔާ) ނޮންރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލާގަންނާނީ 28 އޭޕްރިލް 2022 ވަނަ ދުވަހުން ފެށިގެން 15 މެއި 2022 ވަނަ ދުވަހާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރި ކޮށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ނައިފަރު ކައުންސިލްގެ ބަޖެޓް ޔުނިޓްގެ ވައިބަރ ނަންބަރު 7988627 އަށް ޑިޕޮސިޓް ސްލިޕާއިއެކު ބީލަން ގަންނަ ފަރާތުގެ މަޢުލޫމާތު ފޮނުއްވުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް މެއިލް ކުރާނީ: [email protected] އަދި ސީސީ ކުރައްވާނީ [email protected]

އެކައުންޓް ނަންބަރު: 7705700335001

އެކައުންޓް ނަން: 1370 ރެވެނިއު 1

މައުލޫމާތު ސާފުކުރުމާއި ބިޑް ޑޮކިއުމެންޓް ދޫކުރުން

 މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯރމެޓުގައި 28 އޭޕްރިލް 2022 އިން ފެށިގެން ނައިފަރު ކައުންސިލްގެ ވެބްސައިޓް www.naifaru.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅުގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. މި މަސައްކަތާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 މެއި 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.  

ބިޑް ސެކިއުރިޓީ

މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ (ދިހަ ހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ.

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 18މެއި 2022 ވާ ބުދަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

 
 
28 އޭޕްރިލް 2022
ހޯދާ