ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HR-IUL-2022-023
މަޤާމް: ސީނިއަރ އޮފިސަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މުވައްޒަފުންގެ މަޤާމްތަކުގެ ރަޖިސްޓްރީ އަދި ރެކޯޑް ފައިލްތައް ބެލެހެއްޓުމުގެ ކަންތައްތައް ކުރުވުމާއި ވަޒީފާގެ އެއްބަސްވުންތައް އަދި ވަޒީފާ ބަޔާންތައް ޤަވާއިދުން ބަލަހައްޓަމުން ގެންދެވޭތޯ ބެލުމާއި އެކަންތައް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މިކުންފުނީގެ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން އެކުލަވާލަންޖެހޭ އެންމެހާ އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
- މުވައްޒަފުންގެ ހާޟިރީ އަދި ޗުއްޓީ އާއި ސަލާމުގެ ކަންތައް ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރައާއި ޕެންޝަނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މިކުންފުނީގެ މުވައްޒަފުންނަށް ދޭންޖެހޭ އެކިއެކި ލިޔުންތައް ފޯރުކޮށްދިނުން.
- ސެކްޝަނުގެ މަސައްކަތްތަކާގުޅޭ ގޮތުން ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދިނުން.
- ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް ޗެކުކޮށް މެއިލްތަކަށް ޖަވާބު ފޮނުވުން.
- ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
- މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/7100 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 10 މެއި 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.