މަޤާމު: ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:
|
އެމް.އެސް 2
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/6295 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
|
އުޖޫރަ އާއި އިނާޔަތްތައް:
|
އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ އާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ސަޕޯޓް ސަރވިސް / އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޔުނިޓް/ މާލެ.
|
އަސާސީ ޝަރުޠު:
|
- ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ ގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ
- ސިސްޓަމްސް އެނަލިސްޓް ޕްރޮގްރާމަރ ގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޑީ.އެން. އާރަށް ބޭނުންވާ އެކިއެކި ސޮފްޓްވެއަރ ޑިވެލޮޕް ކޮށް މެއިންޓައިން ކުރުން
- ޑިޕާޓްމަންޓުގެ އައި.ސީ.ޓީ އާ ގުޅޭ ގޮތުން އެހެނިހެން އޮފީސްތަކާ ކުރަންޖެހޭ މުޢާމަލާތްތައް ކުރުން.
- އައި.ޑީ ކާޑު ހެއްދުމުގެ ސިސްޓަމަށް ދިމާވާ މަސައްލަތައް ޙައްލުކުރުން.
- އޮފީހުގެ ސިސްޓަމްތަކަށް ދިމަވާ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުން.
- އޮފީހުގެ މަސައްކަތްތައް އޮޓޮމޭޓްކުރުމަށާއި، އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ އެކިއެކި ސޮފްޓްވެއަރ ޑިވެލޮޕްކުރުން.
- އައި.ސީ.ޓީ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތް ތަކުގައި އެހީތެރިވުން.
- ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޕްރޮގްރާމިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
- ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- މާޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ޕެނަލް އަށް ސާބިތުކޮށްދިނުން
|
އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 15 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އެނގޭ ގޮތަށް)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު".
|
ސުންގަޑި:
|
25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގެ ހަތަރުވަނަ ފަންގިފިލާ )
|
|