މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހ. ހުޅުގަލީ 5 ވަނަ ފަންގިފިލާގެ އޮފީސްބައިގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހ. ހުޅުގަލީ 5 ވަނަ ފަންގިފިލާގައި  ހަދާ އޮފީސްބައިގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލްތަކާއި އެއްގޮތަށް މި މަސައްކަތްތައް ކުރުމަށްޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ އޮންލައިން ފޯމު https://forms.office.com/r/D4RGERXXXU މެދުވެރިކޮށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

9 މޭ 2022 ވާ ހޯމަ ދުވަހުގެ 16:00

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

11 މޭ 2022 ވާ ބުދަ ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި އަދި ތަން ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.)

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

15 މޭ 2022 ވާ އާދިއްތަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން

17 މޭ 2022  ވާ އަންގާރަ ދުވަހު 13:00

 

ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި  ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ  [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

28 އޭޕްރިލް 2022
ހޯދާ