މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުން

އިޢުލާން

 

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުން

ދިވެހިރާއްޖެއަށް އިމްޕޯރޓް ކުރުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2020/8 (30 ޑިސެމްބަރ 2020) އަދި ޤަރާރު ނަންބަރު 2021/3، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 8/2020 (ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އިޞްލާޙު ކުރުމުގެ ޤަރާރު (31 މޭ 2021)ގެ ދަށުން، ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތްތައް އިމްޕޯޓުކުރުމުގެ ސުންގަނޑި ކަނޑައެޅުމުގައި، ތިރީގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުމަށް ނިންމާފައިވެއެވެ.  

ދިވެހިރާއްޖެއަށް އިމްޕޯރޓް ކުރުން މަނާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައިވާ މަނާކުރާ ތާރީޙުން ފެށިގެން، ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިންގ ނުވަތަ އެއަރވޭ ބިލް ލިސްޓުގައި ބަޔާންކޮށްފައިވާ މަނާކުރާ ތާރީޙުގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުރުޞަތު ދޭނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 އޭޕްރިލް 2022
ހޯދާ