ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ އޮފީހުގައި ޕަރޓިޝަން ޖެހުމާއި 3 ފާހާނަ އަމިއްލަ ތަކެތީގައި ހެދުމަށް ބޭނުންވެއްޖެ
1- މިސްކޫލްގެ އޮފީހުގައި ޕަރޓިޝަން ޖެހުމާއި 3 ފާހާނައަމިއްލަ ތަކެތީގައި ހެދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 28 އޭޕްރިލް 2022 ން 10 މެއި 2022 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ މިއިއުލާން އާއި އެކު އެފަތްކުރެވިފައިވާނެއެވެ. (ގެޒެޓްކުރެވިފައި)
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 މެއި 2022 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
5- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 މެއި 2022 ވަނަ ދުވަހުގެ 13:00 ގައި ސްކޫލްގެ ހޯލްގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެފަތްކުރެވިފައިވާނެއެވެ. ( (ގެޒެޓްކުރެވިފައި)
7- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް މެއިލްކުރައްވާނީ ތިރިގައި މިދަންނަވާ އެޑްރެހަށެވެ
މަޑުއްވަރީ ސްކޫލް
ރ މަޑުއްވަރި
ފޯން: 6580146 އީ-މެއިލް [email protected]
ކޮޕީ-މެއިލް: [email protected]