ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: (IUL)10-F/10/2022/88
ކޭސް ޓްރެކިންގ ވެބް ޕޯޓަލްއެއް ހަދައިދޭނެ ފަރާތެއް ހޯދުން
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން އުފައްދާ، ހިންގަމުން ގެންދާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ސަޕޯޓް ސެކްޝަނަށް ބޭނުންވާ ކޭސް ޓްރެކިންގ ވެބް ޕޯޓަލްއެއް ހެދުމަށް ބޭނުންވެއެވެ.
މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ޝީޓު ހިމަނާފައިވާނެއެވެ. އަދި މި މަޢުލޫމާތު ޝީޓުގައި މި މަސައްކަތުގެ އިތުރު ތަފުޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކޮށްފައިވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، 10މެއި 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.