އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ލީގަލް ރީޓެއިނަރއެއް ހޯދުމަށް ބީލަމަށް ހުޅުވާލުން

އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި މި އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތަކާއި އެގްރިމަންޓްތައް ހެދުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީސް ކޯޓުތަކުގައާއި ޓްރައިބިއުނަލްގައި ތަމްޞީލުކުރުމާއި، ޤާނޫނީގޮތުން އޮފީހުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 1 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)7-ADMN/1/2022/50(18 އޭޕްރީލް 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022 މެއި 11 ވާ ބުދަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 މެއި 16 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

27 އޭޕްރިލް 2022
ހޯދާ