މަޤާމުގެ ޝަރުތު:
|
1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށްް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޙަވާލުކުރެވޭ ތާވަލުގައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.
- ސެކްޝަނަށް އަންނަ ފޯނުތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުން.
- ސެކްޝަންގެ އެންޓްރީ ދުވަހުން ދުވަހަށް ނަގާ ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންގޮސް އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.
- ކޯސްތަކުގެ އެޕްލިކޭޝަން ފޯމްތައް އިޞްލާޙު ކުރުމާޢި ޗާޕުކުރުމަށް ކަމާ ބެހޭ ސެކްޝަނަށް ޙަވާލުކުރުން އަދި ފޯމުތައް ލިބުމުން އެ ފޯމުތަކުގައި ނަންބަރުޖަހާ ފޯމު ހޯދަން އަންނަ ފަރާތްތަކަށް ތަރުތީބުން ދޫކުރުން.
- އަނބުރާ ލިބޭ ފޯމްތައް ޗެކްކޮށް ބަލައިގަތުން. އަދި ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.
- ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.
- ކޯސްތަކުގައި ބައިވެރިވެވޭ ޝަރުތުތަކާއި ކޯސްތަކަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތަކާއި ބެހޭ މަޢުލޫމާތު ކުއްލިއްޔާ/މަރުކަޒު ތަކުން ޤަވާޢިދުން އެއްކުރުން.
- ދަރިވަރުންގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން (ކޯސްތައް ވަކި ވަކިން).
- ސެކްޝަނުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހެ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރުން. އަދި އެ ތަކެތި އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.
- ލެކްޗަރަރއިންނަށް އެހީތެރިވުން.
- ޤަވާޢިދުން ފައިލްކޮށް ޔައުމިއްޔާ ލިޔުން.
- އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަނުން ހޯދާއި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ސެކްޝަނާ ޙަވާލުކުރުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
18 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
|