ދިވެހިރާއްޖެ
ނަންބަރު: (IUL)405-A/2022/26
އިޢުލާން
ކޯޓޭޝަން ހޯދުމުގެ ދަޢުވަތު
ކުނިކޮއްޓަށް ކުނިގެންގޮސްދޭނެ ފަރާތެއް ހޯދުމަށް
ކުނިކޮއްޓަށް ކުނިގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލްގެ ނަމްބަރ (IUL)405-A/2022/23 20 20އޭޕްރީލް 2022ގެ އިޢުލާން އާއި ގުޅިގެން 3 ކޯޓޭޝަން ހަމަ ނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން އާންމުކުރީމެވެ.
ލ.ކުނަހަންދޫގެ ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 28 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.
ކޯޓޭޝަނާއި ގުޅޭ މައުލޫމާތު
- ކޯޓޭޝަން ހުށައަޅާ ފަރާތްތަކުގެ އަދަދު 3ފަރާތަށް ވުރެ މަދު ނަމަ އިތުރު އިޢުލާންކުރުމެއްނެތި ކައުންސިލުން 3 ފަރާތެއްގެ އަތުން ކޯޓޭޝަން ހޯދައިގެން މަސައްކަތް ވަކި ފަރާތަކާއި ހަވާލުކުރެވޭނެއެވެ.
- މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
- ކުނިނެގުމަށް ހަމަޖެހިފައިވަނީ ލ.ކުނަހަންދޫގެ ގޭބަސީތަކުގެ ތެރެއިން ކައުންސިލުން ދައްކާ 88 ގޭބަސީއިންނެވެ.
- ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންދަން ވާނީ ކައުންސިލުން އަންގާ ގަޑިތަކެއްގައެވެ.
- ގޭގެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންދާކުނި ނައްތާލަނީ ކައުންސިލުން އަންގާގޮތެއްގެ މަތިންނެވެ.
- ހަފްތާގެ ކޮންމެ ދުވަހަކު ގޭގެއިން ކުނި ނަގަންވާނެއެވެ.
- މި މަސައްކަތް ހަވާލުކުރެވޭނީ އެންމެ ކުޑައަގެއް ހުށައަޅާ ފަރާތްތަކަށެވެ.
- ކުނި ނަގަންވާނީ ބައިބައި ވަކިންނެވެ. (ބިއްލޫރި ،ދަޅު، ދަގަނޑު، އަންދާކުނި، ބަދިގޭ ކުނި ) އަދި ކުނި ކޮއްޓަށް ކުނި އަޅަންވާނީވެސް ބައިބައި ވަކިންނެވެ.
- މިމަސައްކަތަށް ކަޑައެޅިފައިވާ މުއްދަތަކީ މަސައްކަތް ފަށާތާރީހުން ފެށިގެން މީލާދީ 5 (ފަސް މަސް ) ދުވަހެވެ.
- މި މަސައްކަތަށް ހޮވޭ ފަރާތަކުން މަސައްކަތް ފަށަންވާނީ މި ކައުންސިލާއިއެކު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުއެވެ.
- އުޖޫރަ ދެވެނީ ކޮންމެ މީލާދީ މަހެއް ނިމުމުންނެވެ. އުޖޫރައިގެ ގޮތުގައި ދެވޭނީ ކޯޓޭޝަންގައި މަސައްކަތް ކޮއްދިނުމަށް މަހެއްގެ މައްޗައް ހުށައަޅާއަގެކެވެ.
ހުށައަޅަން ޖެހޭ ތަކެތި
- ކޯޓޭޝަން
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް
26 ރަމަޟާން 1443
27 އޭޕްރިލް 2022