ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

01

 

މުސާރަ:

މަހަކު -/7,875 ރ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރ

 

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1,975 ރ

 

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

އެމް.އެސް 4

 

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްހެއް ލިބެމުންދިޔުމާއި އެކު، އެމް.އެސް 3 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  5. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 4 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައްކުރުމާއި އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުން
  • ފެކަލްޓީން ފޮނުވަންޖެހޭ ލިއުންތަކާއި، ލިބޭ ލިއުންތައް ފުރިހަމައަށް ބެލެހެއްޓުމާއި ލިޔުންތައް ތައްޔާރުކޮށް ރަނގަޅަށް ފައިލްކުރުން
  • ފެކަލްޓީ ޢިމާރާތް މަރާމާތުކުރުމާއި ގެންގުޅޭ ތަކެތި ބެލެހެއްޓުމާއި އަދި މުޅި ފެކަލްޓީ ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެކަމާއި ގުޅޭ މުވައްޒަފުން ލައްވާ ރަނގަޅަށް ކުރުވުން
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރަންޖޭ އުސޫލުން އެކަން ރަނގަޅުކުރުމަށް ބޭނުންވާ އެންމެހާ ކަންތައްތައްކުރުން
  • މަރުކަޒީ އިދާރާއިން އަންގާގޮތުގެ މަތިން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި އަހަރު ނިމުމުން އެއަހަރުގެ އަހަރީ ރިޕޯރޓް ތައްޔާރުކުރުން
  • ފެކަލްޓީގެ އިދާރީ އަދި އެކަޑެމިކް ޙަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ ހަމަ އެހެންމެ ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވުން
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައިވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުން
  • ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން
  • ފެކެލްޓީގެ އިދާރީ ކަންކަމަށާއި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ޒިންމާދާރު ކަމާއިއެކު ހޯދުން 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

18 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މިމުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލާމުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
11 ސެޕްޓެންބަރު 2014
ހޯދާ