ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅު ސްޓޭޓް ހައުސް މަރާމާތުކުރުމާއިބެހޭ

މި އިޢުލާންވަނީ 09 މޭ 2022 13:56 ގައި ބާތިލް ކުރެވިފައެވެ.


 

                                                 ނަންބަރ:  (IUL)241-A/241/2022/10

އިޢުލާން

 

މިއަތޮޅު ސްޓޭޓް ހައުސް މަރާމާތުކުރުމާއި ބެހޭ

                         މިއަތޮޅު ސްޓޭޓް ހައުސް އިމާރާތުގެ ބޭރާއި،އެތެރޭގެ ބިތްތަކުގައި ހުރި ރެނދުތައް ކޮށާ ސިމެއްތި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                         ވީމާ ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 މެއި 2022   ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 19 މެއި 2022 ވާ ބުރާސްފަތި  ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ. އަދި މިމަސައްކަތް ކުރުމުގައި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ލިބިފައިވާ ތަޖުރިބާ ހުށަހަޅަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    50%
  • ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ގާބިލްކަމަށް    25%
  • މާލީ ތަނަވަސްކަމަށް                 25%

 

                       ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

                       26 ރަމަޞާން  1443                                   

                       27  އެޕްރީލް  2022      

 

 

   

27 އޭޕްރިލް 2022
ހޯދާ