މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ

މި ކައުންސިލުގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމާއި ރޭންކު:

މީޑިއާ އޮފިސަރ  (އެމް.އެސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

-/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ %35

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު އޮތް އޮފީސް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:

މޯލްޑިވްސް މީޑިއާ ކައުންސިލް، މީޑިއާ ސަރވިސް ޔުނިޓް

ތަޢުލީމާއި ތަޖުރިބާ:

  1. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލުގެ ފަރާތުން ބާއްވާ ނިއުސްކޮންފަރެންސްތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ އިންތިޒާމް ހަމަޖެއްސުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުމާއި، މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، މައްސަލަ ބަލާ މަޖިލީހުގެ އިންތިޒާމް ހަމަޖެއްސުން.
  3. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާ އެންގުންތައް ޑްރާފްޓްކުރުން.
  4. ކައުންސިލުން ނެރޭ ނޫސްބަޔާންާއި، ދެންނެވުމާއި، ސާކިއުލާރފަދަ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  5. އިނގިރޭސި ބަހުންނާއި ދިވެހިބަހުން ކައުންސިލުގެ ޚަބަރުތައް ތައްޔާރުކުރުން.
  6. ކައުންސިލުގެ ކޮމެޓީތަކުގެ ޖަލްސާތައް އިންތިޒާމް ހަމަޖައްސައި، އެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން،
  7. ކައުންސިލުގެ ޖަލްސާތަކުގެ އެޖެންޑާއި، ޔައުމިއްޔާއާއި، ނިންމުންތަކާއި، ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  8. ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔަރުކޮށް ފޮނުވުން.
  9. މީޑިއާގެ މިނިވަންކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ހިނގާ ކަންކަން ބަލައި، އެކަންކަން ކައުންސިލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، މީޑިޔާއާ ގުޅިގެން ހިނގާ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުން.
  10. ޤާނޫނާއި ގަވާއިދު ތަންދޭގޮތުގެމަތިން ކައުންސިލުގެ އިސްވެރިންނާއި، ކައުންސިލުގެ ރިޔާސަތުންނާއި، މެންބަރުން ހަވާލުކުރާ އެންމެހައި މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. ލިބިފައިވާ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް". ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލައިފިނަމަ، މި ފޯމް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން:

2014 ސެޕްޓެންބަރު  22 ވާ ހޯމަ ދުވަހުގެ 15:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، 2014 ސެޕްޓެންބަރު 28 އިން 30 އަށް މި ކައުންސިލުގައި ކުރިއަށްދާނެއެވެ.

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފޯމް، މި ކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންނަމަ، މި ކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުން އެދެމެވެ.

14  ޛުލްޤައިދާ  1435 

9 ސެޕްޓެންބަރު  2014  

09 ސެޕްޓެންބަރު 2014
ހޯދާ