ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބުގެ މުއްދަތު އިތުރު ކުރެވިފައި

ހއ. އުތީމުގައި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަމްބަރު: (IUL)255/255/2022/25 (18 އޭޕްރީލް 2022) ގެ އިޢުލާނުގައިވާ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

22 މޭ 2022 (އާދިއްތަ) / ގަޑި 11:00

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

26 އޭޕްރިލް 2022
ހޯދާ