ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ގްރެފިކްސް ޑިޒައިނަރުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

3 (ތިނެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/8000 ރުފިޔާ

ފެންވަރު/ޝަރުޠު

  1. ޖީ.ސީ.އީ އޯލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  2. އެޑޯބް ފޮޓޯޝޮޕް އަދި ކޮރަލް ޑްރޯ ފަދަ ސޮފްޓްވެރ ބޭނުންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން
  3. ގްރެފިކްސް ޑިޒައިނިންގ އަދި ކޮންސެޕްޓް ޑިޒައިންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން
  4. ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރު ގޮތެއްގައި ކުރަން އެނގުން.
  5. ރަނގަޅު ގޮތުގައި މީހުންނާއި މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

އުފެއްދުންތެރި ޑިޒައިންކުރުމާއި ފޮޓޯގްރަފީ މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުގައި ކެންޑިޑޭޓް ކުރިން މި ރޮނގުން ކޮށްފައިވާ މަސައްކަތްތައް ހުށަހަޅަންވާނެއެވެ.  

މައިގަނޑު މަސައްކަތްތައް

އެން.ސީ.އައި.ޓީ އިން ތައްޔާރުކުރާ ޕްރޮމޯޝަނަލް މެޓީރިއަލްސް، ފޮތް، ލީފްލެޓް އަދި މިނޫންވެސް މި ފަދަ ތަކެތި ޑިޒައިންކޮށް ތައްޔާރު ކުރުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 1500 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

 

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

 

‏27 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ