މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.އެފް.ސީ .ސީ ލައިންސެންސް ކޯޗިންގ ކޭމްޕެއް ހިންގުމާއި ގުޅޭ

އިޢުލާން

 އޭ.އެފް.ސީ .ސީ ލައިންސެންސް ކޯޗިންގ ކޭމްޕެއް ހިންގުމާއި ގުޅޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދުވާފަރު ކައުންސިލް އިން ގުޅިގެން ރ.އަތޮޅު ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ހުޅުވާލެވިފައި  އޭ.އެފް.ސީ  ''ސީ''  ލައިންސެންސް ކޭމްޕެއް 11 މެއި 2022 އިން 24 މެއި 2022 ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޭމްޕްގައި ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަން ނޯޓް ކުރެއްވުމަށް 2 މެއި  2022 ވާ ހޯމަ ދުވަހުގެ 2:00 ކުރިން ކައުންސިލްގެ ހޮޓްލައިން 7602781 ގުޅުއްވާއި ނަންނޯޓް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވެވޭނީ، 1000/- ރުފިޔާގެ ފީއެއް ދެއްކުމަށްފަހުއެވެ. އަދި މި ކޯހަކީ ވަކި އަދަދެއްގެ ބައިވެރިންނަށް ބައިވެރިވެވޭ ކޯހެއްކަމުން، ފުރުޞަތު ދެވޭނީ ނަންނޯޓް ކުރާ ފަރާތްތަކުގެ ތަރުތީބުންނެވެ.

 

                                 25 ރަމަޟާން      1443

                                 26 އެޕްރީލް       2022

26 އޭޕްރިލް 2022
ހޯދާ