ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާރު ޑްރައިވަރ

 

                    އިޢުލާން

 

މަޤާމު:                    ކާރު ޑްރައިވަރ (ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަސް ވުމަށްފަހު މަސައްކަތަށް ރަނގަޅުނަމަ، ވަޒީފާ ދާއިމީކުރާގޮތަށް)

ބޭނުންވާ އަދަދު:              1

ވަޒީފާ އަދާކުރަންޖެހޭ ތަން:       ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ

ރޭންކް:                    SS3

ކްލެސިފިކޭޝަން:              ސަޕޯޓް ސްޓާފް ގްރޭޑް 3

އަސާސީ ޝަރުޠު:             - ލިޔަންކިޔަން ދަތުމާއި، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން. ނުވަތަ

                      - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެސް.އެސް 1 ރޭންކްގެ ޝަރުޠު ފުރިހަމަވެ، މަސައްކަތާގުޅޭ ދާއިރާއެއްގައި އެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

                      - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:   1- އަތޮޅު ކައުންސިލްގެ އިދާރާގެ އެއްގަމުގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް، ( ކައުންސިލުގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން) ކުރުމުގައި ޑްރައިވަރަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

                           2- އަތޮޅު ކައުންސިލް އިދާރާގެ އެއްގަމުގެ އުޅަނދުފަހަރުން ދަތުރުކުރާއިރުގައްޔާއި ދަތުރުނުކޮށް ހުންނައިރު، އެ އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް އެ އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް އަންގާ ގޮތުގެ މަތިން ކުރުން.

                           3- ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި އިދާރާއިން އަންގާގޮތެއްގެމަތިން  ރަސްމީގަޑީގައި، އިދާރާގެ އެހެން މަސައްކަތްތަކުގައި ބައިވެރިވުން.

                           4- އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.

                           5- އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެމަތިން، ރަސްމީ ކަންކަމުގައި ހަރަކާތްތެރިވުން.

                           6- ދިވެހި ސިވިލް ސަރވިސްގެ ސްޓްރެޓީ.ޖީ.ކް ޕްލޭންގައި ކަނޑައެޅިފައިވާ ކަންތައްތައް އޮޅުންފިލުގައިގެން، އެއާއެއްގޮތަށް ވަޒީފާގެ މާހައުލުގައި ޢަމަލުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:             މުސާރައަކީ މަހަކު -/3470 ރުފިޔާއެވެ. ސަރވިސް އެލަވަންސް -/1000 ރުފިޔާއާއި، ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި އާސަންދަ (ހެލްތް އިންޝުއަރެންސް) ގެ ޚިދުމަތްތައް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

                           މަސައްކަތުގައި ގިނަވަގުތު އުޅެވޭ، ހީވާގި، 55 އަހަރު ނުފުރޭ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ވަޒީފާ ދާއިމީކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:   ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

                           މުއްދަތު: މި އިޢުލާނަށް އިޖާބަދިނުމުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި

ހުށަހަޅަންޖެހޭ ލިޔުންތައް:   

  • ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީގެ ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.
  • ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

ފޯން: 6820028، ފެކްސް: 6820002

ވަޒީފާ ދިނުމުގައި އިސްކަންދޭނެ ކަންތައްތައް: 

- ވޭތުވެދިޔަތާނގައި އުޅުމާއި އަޚްލާޤް ހުރިގޮތް (ޕޮލިސް ރިޕޯޓް)

- އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، ޞިއްޙީ ދުޅަހެޔޮކަން ހުރި މިންވަރު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

- ޖީ.ސީ.އީ އޯލެވެލުން ފާސްވެފައިވާ މާއްދާތަކާއި ގްރޭޑް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 2014 ސެޕްޓެންބަރު 17 ވާ ބުދަދުވަހުގެ 15:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާއަށް.

08 ސެޕްޓެންބަރު 2014
ހޯދާ