ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
-
1- ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 އެޕްރީލް 2022 އިން 10 މެއި 2022 އަށް ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).
3- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މެއި 15 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4- ސާމްޕަލް އަދި އެސްޓިމޭޓް ހުށަހެޅޭނެ އެންމެ ފަހު މުއްދަތަކީ 12 މެއި 2022 އިން 31 މެއި 2022 އަށް މަގޫދޫ ސްކޫލް އޮފީހުގައި.
5- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 7952912
އީ-މެއިލް: [email protected]