ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެގްޒެކްޓިވް ވޭނެއް ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާއަށް އެގްޒެކްޓިވް ވޭނެއް ގަންނަން ބޭނުންވެގެން ކުރި 2014/37/T/IU-ފ57ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
16 ޛުލްޤަޢިދާ 1435
11 ސެޕްޓެންބަރު 2014
ހޯދާ