މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީ އަށް ލޭންޑް އިންފޯރމޭޝަން ސިސްޓަމް ތައްޔާރުކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މިއޮތޯރިޓީ އަށް ލޭންޑް އިންފޯރމޭޝަން ސިސްޓަމް ތައްޔާރުކުރުމަށްޓަކައި ކޮންސަލްޓޭޝަން ޓީމެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު  (IUL)431-AHP/1/2022/6 (7 އެޕްރީލް 2022) ގެއިނގިރޭސި އިޢުލާނުގައި ބިޑް ރެޖިސްޓްރޭޝަނަށް ދެވިފައިވާ އީމެއިލް އެޑްރެސްގައި މަސަލައެއް އުޅޭތީވެ، އެއިޢުލާން ބާތިލްކޮށް އަލުން  މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 3 މެއި 2022 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  [email protected]އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

3. ބީލަން ހުށަހަޅުމަށް ހަމަޖެހިފައިވަނީ 29 މެއި 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮޓޯރިޓީގައި ބީލަން ހުޅުމަށް ބޭއްވޭ ބައްދަލުވުމުގައިއެވެ. އަދި ރާއްޖެއިން ބޭރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނީ ޕޯސްޓް މެދުވެރިކޮށް ނުވަތަ ބައިނަލްއަގްވާމީ މިފަދަ ފަރާތެއް މެދުވެރިކޮށް 28 މެއި 2022 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިނެވެ. އަދި ހުށަހަޅާ ހުރިހާ އަންދީސީ ހިސާބު ވެސް އެޑްރެސް ކުރަންވާނީ ތިރީގައިވާ ގޮތަށެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ،

އަމީނީ މަގު، މާލެ، 20392،ދިވެހިރާއްޖެ.

4. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 މެއި 2022 ވާ އާދިއްތަ ދުވަހުގެ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

5. މި އިޢުލާންއާއި ގުޅޭ ޓާރމްސް އޮފް ރިފަރެންސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިލިންކުން https://mlsa.gov.mv/uploads/LIS Consultant TOR.pdf ޑައުންލޯޑް ކުރެއްވޭނެއެވެ. އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 07 މެއި 2022 ވާ ހޮނިހިރު ދުވަހު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 24 ރަމަޝާން 1443ހ.

25 އޭޕްރިލް 2022
ހޯދާ