ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ޗުއްޓީ އާއި ސަލާމް ނެންގެވުމުން ވަގުތީ ގޮތުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލަށް، ވޭޖް އުސޫލުން މުވައްޒަފުން ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމު: މަސައްކަތު
ބޭނުންވާ ޢަދަދު: 3 (ތިނެއް)
ވަޒީފާ އަދާކުރަން ޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
މަސްޖިދުލް ތަޤްވާ އަދި މަސްޖިދުލް އީޝާރީ
ވަޒީފާ އަދާކުރާ ވަގުތު: ދުވާލަކު 05 ގަޑިއިރު
އަސާސީ މުސާރަ :
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 46/67ރ (ފަސްދޮޅަސް ހަތްރުފިޔާ ސާޅީސް ހަލާރި)، ދުވާލަކަށް 35/233ރ (ދުއިސައްތަ ތިރީސް ތިންރުފިޔާ ތިރީސް ފަސްލާރި)
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. މިސްކިތުގެ އިންފާރު ބޭރާއި ، ގޯތިތެރެ ކުނިކަހައި ސާފުކުރުން.
2. މިސްކިތު އެތެރެ ފޮޅައި ސާފުކުރުން
3. އިސްކުރުބަރިއާއި ފާޚާނާ ދޮވެ ސާފުކުރުން
4. މިސްކިތާއި ގުޅުންހުރި ކައުންސިލުން ދައްކާ މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް:
1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން
3. އުމުރުން 60 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 2022 މެއި 01 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660900 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
24 ރަމަޟާން 1443
25 އޭޕްރީލް 2022