ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙަމަދު ސްކޫލަށް އެކްޓިވިޓީ ޔުނިފޯމު ގެނެސް ވިއްކަދޭނެ 02 ފަރާތެއް ހޯދުމަށް
ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ރަށަށް ގެނެސް ވިއްކާނެ 02 ދެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދައުވަތު:
މި ސްކޫލުގެ ނަންބަރު:GS52/IUL/2022/005 އިޢުލާނުން މި މަސައްކަތަށް ހުޅުވާލެވުނު ފުރުސަތުގައި އިޢުލާނުގައި ވާ ކުށެއްގެ ސަބަބުން ތާރީޚުތަށް ފުށުއަރާތީ، އެ އިޢުލާން ބާތިލުކޮށް މި މަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް 2 އަހަރުގެ މުއްދަތަށް ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ރަށަށް ގެނެސް ވިއްކާނެ 02 ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، 25 އެޕްރީލް 2022 އިން 10 މެއި 2022 އަށް ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ.
- މިކަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 މެއި 2022 ވަނަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުން ފޮނުވުންއެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 12 މެއި 2022 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި ސްކޫލު އިދާރީ އޮފީހުގައެވެ.
- މި މަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަން ނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ބޮޑުމަގު، ލ.ގަން،މަތިމަރަދޫ/ ދިވެހިރާއްޖެ
ފޯން: 6800012
އި-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
25 އެޕްރީލް 2022
25 އޭޕްރިލް 2022
ހޯދާ