ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ އިތުރު ފަރާތްތަކެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު MRDC/IFB/2014/47ފ(26 ޖޫން 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 ސެޕްޓެންބަރު 2014 ވާ (ބުދަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ސެޕްޓެންބަރު 2014 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657+
ފެކްސް ނަންބަރު: 9603317133+
12 ޛުލްޤަޢިދާ 1435