ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް
|
ޑިޕާޓްމަންޓް
|
މެއިންޓެނެންސް އެންޑް އިންޖިނިއަރިންގ ޑިޕާޓްމަންޓް، ކ. ތިލަފުށި
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓެންޓް
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
ހަމަޖެހިފައިވާ އުސޫލުން ފުޑް އަދި ރިސްކް އެލަވަންސް ލިބޭނެއެވެ.
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ކ. ތިލަފުށި
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއްގެ ލިބިފައިވުން؛ ނުވަތަ
- އޯލެވެލް ގެ 3 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްތަކަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޗީފް އިންޖިނިއަރގެ އިރުޝާދުގެ ދަށުން ވެސަލް ސްޓޮކްއަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދި ތަކެއްޗަށް ރިކުއެސްޓްކުރުން
- ވެސަލްއަށް ސްޕެއަރ ޕާޓްސް ގޮތުގައި ގެނެވޭ ތަކެތީގެ ތަފްސީލް ޗީފް އިންޖިނިއަރގެ އިރުޝާދުގެ ދަށުން ލޮގްކޮށް މެއިންޓެއިންކުރުން
- ވެސަލްތަކުގައި ކުރެވޭ މަސައްކަތް، މެރިން އިންޖިނިއަރ އަދި މެކޭނިކްސްއާއި ވާހަކަދައްކައި ދުވަހުން ދުވަހަށް ލޮގްކޮށް މަންތްލީ ރިޕޯޓް ތައްޔަރުކޮށް ޗީފް އިންޖިނިއަރ އަށް ޕްރެސެންޓްކުރުން
- ޗީފްއިންޖިނިއަރގެ އިރުޝާދުގެ ދަށުން ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން
- މެރިން ޓީމްގެ މުވައްޒަފުންގެ ރިކޯޑްސް ބަލަހައްޓައި އެޗް.އާރް ސޮފްޓްވެއަރ އަށް އަޕްޑޭޓްކުރުން
- ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަނުގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގުރާމްތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުން، ކުންފުނިން ރާވައި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
- އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން
- މިނޫންވެސް ކޯޕަރޭޝަނުން އަންގާ ގުޅުންހުރި އެންމެހާ މަސައްކަތްތައްކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއު
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2022 އޭޕްރިލް 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 މެއި މަސްތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
23 ރަމަޟާން 1443
24 އޭޕްރިލް 2022
|