ދިވެހިރާއްޖެ
ތ. ހިރިލަންދޫގެ ކައުންސިލް އިދާރާގައި ސޯލާރ ސިސްޓަމެއް ބަހައްޓަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް އާންމުކޮށް ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 އެޕްރީލް 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 28 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/100ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
|
ތަން |
ތާރީހް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
8 މެއި 2022 |
އާދިއްތަ |
13:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
10 މެއި 2022 |
އަންގާރަ |
11:00 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.