އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

މަޤާމު:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

1  (އެކެއް)

ބޭސިކް މުސާރަ:

މަހަކު 20500.00 (ވިހިހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 15000.00 (ފަނަރަހާސް ރުފިޔާ)

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް

މަޤާމުގެ މުއްދަތު:

މީލާދީ 5 އަހަރު

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑި

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދައުލަތުގެ ވަޒީފާއެއްގައި ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ ލެވެލް  7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ދައުލަތުގެ ވަޒީފާއެއްގައި ނުވަތަ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ވަޒީފާއެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. އުމުރުން 18 އަހަރު ފުރި، 55 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުން.
  4. މި ކޮމިޝަނުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހަކު ވަޒީފާގައިހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެކަމުގެ ލިޔުން އޮތުން.

މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. މިގޮތުން ބެލޭނެކަންކަން ތިރީގައި މިވަނީއެވެ.

  1. ސީނިއަރ މެޖޭންމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިޔު ޕެނަލުގައި ސާބިތުކޮށްދިނުން.
  2. ސީނިއަރ މެނޭޖްމަންޓުގައި، މަސައްކަތްކުރި ދާއިރާގެ ހިއްސާދާރުންނާއެކު ނުވަތަ ދާއިރާ ހިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާސިލުކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލުވެފައިވާކަން އިންޓަރވިޔު ޕެނަލުގައި ސާބިތުކޮށްދިނުން.
  3. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭނެކަން އިންޓަރވިޔު ޕެނަލްގައި ސާބިތުކޮށްދިނުން.
  4. ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިޔު ޕެނަލުގައި ސާބިތުކޮށްދިނުން.
  5. ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާސިލުކޮށްފައި އޮތުމާއެކު، ދާއިރާގެ ޕްރޮފެޝަނަލް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާކުރެވިދާނެކަމުގެ ޤާބިލުކަން ހުރިކަން އިންޓަރވިޔު ޕެނަލުގައި ސާބިތުކޮށްދިނުން.
  6. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ދާއިރާއާ ގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލުކަމާއި، ޤައުމީ، އަދި ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލްކުރުމުގެ ޤާބިލްކަން އިންޓަރވިޔު ޕެނަލުން ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު:

- ކޮމިޝަނުން ނިންމާ ނިންމުންތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާ ހިންގައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނަށް ޤާނޫނީގޮތުން ލާޒިމްކުރާ އިންތިޚާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށް ބޭނުންވާ އެންމެހައި އިދާރީ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

- އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- އިލެކްޝަންސް ކޮމިޝަނާއި، ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި، އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ކޮމިޝަނުގެ ލަފާގެމަތިން ޕްރޮޖެކްޓްތައް ރާވައި، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.

- ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި، ބަޖެޓުން ކުރަންޖެހޭ ކަންކަން ގަވާއިދުން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ. މަސައްކަތާ ނުގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޖުރިބާތައް ނުގުނޭނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓް:

މަތީގައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު  28 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް ޢުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި ކޮމިޝަނުގެ ނަންބަރު 359(A)AA-2014/ (17 އޯގަސްޓް 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ފޯމު ހުށަހަޅާފައިނުވާތީ، އަލުން އެ މަޤާމަށް އިޢުލާނުކުރަމެވެ.

359(A)AA-2014/ (17 އޯގަސްޓް 2014) ނަންބަރު އިޢުލާނާ ގުޅިގެން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

14 ޛުލްޤަޢިދާ   1435

09 ސެޕްޓެންބަރު 2014
ހޯދާ