ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މާލޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ 6 ފަންގިފިލާގެ "އެސްއެމްއީ މަލްޓި ޕާރޕަސް ފެސިލިޓީ" (2,000 އަކަފޫޓު) ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ފެސިލިޓީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމާއެކު ބީސީސީ އިން އިމާރާތްކުރަން ނިންމައިފައިވާ ތަނެކެވެ. މި ފެސިލިޓީގައި ފެހުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގެވެށި ވިޔަފާރިވެރިންގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ގާމަންޓް/ފެޝަން މޭކާރސްޕޭސް ތަކަކާއި، ފްރީލާންސްކޮށް މަސައްކަތް ކުރާ ފަންނުވެރިންގެ އުފެއްދުންތައް ކުރިއެރުވުމުގެ ގޮތުން ޒަމާނީ ސްޓޫޑިއޯއެއްގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ފްރީލާންސްކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ގާއިމް ކުރާ އޮފީސް ޖާގަތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި އޮފީސް ޖާގަތަކުގެ އިތުރުން އޮފީހުގެ އިދާރީ ކަންކަން ކުރުމަށް ބޭނުންވާ ޕްރިންޓިންގ، އިންޓަރނެޓް ފަދަ ގިނަ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުން |
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ) |
އާދީއްތަ |
08 މެއި 2022 |
12:00 |
އަންދާސީ ހިސާބު ހުށަހެޅުން
|
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މ. ކަނީރުވިލާ، އޯކިޑް މަގު (ފުރަތަމަ ފަންގިފިލާ) |
އާދީއްތަ |
29 މެއި 2022 |
12:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެ
ފޯން: 3305555, 3010613
އީމެއިލް: [email protected]