މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މަނަދޫގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުޞަތު ހުޅުވާލުން

ނ.މަނަދޫގެ ހުޅަނގުފަރާތުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އޮތް 12,263 (ބާރަހާސް ދުއިސައްތަ ފަސްދޮޅަސް ތިނެއް) އަކަމީޓަރުގެ ބިމަކީ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބިމެއްގެ ގޮތުގައި ޓޫރިޒަމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި، އަދި ޓޫރިޒަމް ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އެބިން ސިޓީހޮޓަލެއް ހަދައި ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ނިންމަވާފައިވާތީ، އެބިމުގައި 200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް މިއިދާރާގެ ނަންބަރު IUL)D-294/2013/32) އިޢުލާނުން ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ، އެބިމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

1. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މީލާދީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.

2. މިދެންނެވި ބިމުގައި ސިޓީ ހޮޓާ އިމާރާތްކޮށް އަދި އެތަން އޮޕަރޭޓް ކުރުމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭން ބޭރުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. ބިޑު ފޮތެއްގެ އަގަކީ 100.00 (އެއްސަތޭކަ އެމެރިކާ ޑޮލަރު) އެވެ. ބިޑް ފޮތް ލިބެން ހުންނާނީ މިއިޢުލާނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިއެވާ އެޑްރެހުންނެވެ. ބިޑް ފޮތް ލިބޭނީ ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ފުރިހަމަކޮށްފައި ހުށަހެޅުމުންނެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުވެސް ލިބެން ހުންނާނީ އަދި ހުށަހަޅަންޖެހޭނީ މިއިޢުލާނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޑްރެހަށެވެ. ބިޑް ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެންބަރު 2014 އިން ފެށިގެން 17 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހުގެ 15:00 އަށެވެ.

3. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވަޑައިގަންނަވާނީ ނުވަތަ ގުޅުއްވާނީ ތިރީގައި މިދަންނަވާ އެޑްރެހަށެވެ.

     މިލަދުންމަޑުލު ދެކުނުބުރީ މަނަދޫކައުންސިލް އިދާރާ

     ޗާނދަނީމަގު، ނ.މަނަދޫ / ދިވެހިރާއްޖެ

     ފޯން: 6560029(960+)  ފެކްސް: 6560029(960+)

     އީމެއިލް:  [email protected]

4. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންޖެހޭނެއެވެ.

  -  ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ، ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ބިޑް ފޮތް ގަންނަނަމަ އެކަން އަންގައިދޭ އެ ކުންފުންޏެއްގެ ނުވަތަ ޕާޓްނަޝިޕެއްގެ ނުވަތަ ބަދަލުގައި ފޮނުވި ފަރާތެއްގެ ޕަވަރ އޮފް އެޓަރނީ.

  -  ޢާންމު ފަރުދަކު ނަމަ އައިޑީކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.

  -  އިޢުލާނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިޑް ފޮތުގެ އަގު.

5. ބިޑް ފޮތް ގަތުމަށް ފައިސާ ދެއްކުމުން ބިޑް ސީރިއަލް ނަންބަރު ހިމެނޭގޮތަށް ފައިސާ ބަލައިގަތްކަމުގެ ރަސީދު އެފަރާތަކަށް ދޫކުރެވޭނެއެވެ. ބިޑްގެ ސީރިއަލް ނަންބަރާއި ބިޑް ފޮތަކީ ބަދަލުކުރެވޭނެ އެއްޗެއްނޫނެވެ. އަދި ބިޑް ގަތުމަށް ދައްކާ ފައިސާއަކީ އަނބުރާ އެފަރާތަކަށް ލިބޭނެ ފައިސާއެއް ނޫނެވެ.

6. ކޮންމެ ފަރާތަކަށްވެސް އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑަށްވުރެ ގިނަ ބިޑެއް ހުށައެއްނޭޅޭނެއެވެ.

7. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަނަދޫ ކައުންސިލުން ބާއްވާ ޕްރީ-ބިޑް މީޓީންގ އޮންނާނީ 17 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި މަނަދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

8. މަނަދޫގައި 100 އެނދުގެ ސިޓީހޮޓަލެއް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހަޅާނީ 16 އޮކްޓޫބަރު 2014 ވާ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މަނަދޫ ކައުންސިލުގެ އިދާރާއަށެވެ. މިކަމަށް އެދި ހުށަހަޅާ ބިޑުތައް ކެނޑުން އޮންނާނީ 16 އޮކްޓޫބަރު 2014ވަނަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި މަނަދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބިޑް ހުށަހަޅާ ހުރިހާ ފަރާތެއްގެ ހާޒިރުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 ސެޕްޓެންބަރު 2014
ހޯދާ