ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގެ ސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މި ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައިވާ ގޮތުގެމަތިން މި އަތޮޅުގެ ސްލޫކްތަކުގެ ވަސީލަތްތައް ފުރިހަމަކޮށް، ތައުލީމީ ހާލާތު މިހާރަށްވުރެ ރަނގަޅުކުރުމަށް އަތޮޅުގެ ސްކޫލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު ސްކޫލްތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ ޖުމްލަ -/650،000 (ހަލައްކަ ފަންސާސްހާސް ރުފިޔާ) އެވެ. ސްކޫލްތަކަށް އެހީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގައި ކިޔަވައިދޭ ސްޓޭޖްތަކަށް ބަލާ މިންކޮށް ތިރިގައިވާ ގޮތުގެމަތިންނެވެ.

 

#

ކިޔަވައިދޭ ލެވެލް

 އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އިންސައްތަ

1

ފައުންޑޭޝަން

25%

2

ޕްރައިމެރީ

30%

3

ސެކަންޑަރީ

35%

4

ހަޔަރ ސެކަންޑަރީ

10%

 

 

 

 

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ހައްދުންމަތީގެ ސްކޫލްތަކުން މާލީ އެހީއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ޕްރޮޕޯސަލް އާއިއެކު 2022 މެއި 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއި އެކު އާންމުކުރީމެވެ.

24 އޭޕްރިލް 2022
ހޯދާ