ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާގުޅޭ,

އެއްގަމާއި ގަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ކުރަމުން ގެއްދާތީ، ކުޑަހުވަދޫގައި ދުއްވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ ތިރީގައި އެވާ މަޢުލޫމާތު 2022 މެއި 12 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ހިއްސާކޮށްދެއްވުން އެދެމެވެ.

  • އުޅަނދުގެ ވެރިފަރާތުގެ ނަން:
  • ވެރިފަރާތުގެ އައިޑީ ކާޑު ނަންބަރު:
  • ވެރިފަރާތުގެ ދާއިމީއެޑްރެސް:
  • އުޅަނދުގެ ރަޖިސްޓްރީ ނަންބަރު: (ރަޖިސްޓްރީގެ ކޮޕީއެއް ހިއްސާކޮށްދެއްވުން އެދެމެވެ.)
  • ވެރިފަރާތާއި ގުޅޭނޭ ނަންބަރު:

              މި މައުލޫމާތު ހިއްސާކުރައްވާނީ ވައިބާއިންނަމަ މިއިދާރާގެ ނަންބަރު:7767438 އަދި އީމެއިލުންނަމަ:[email protected] އަށެވެ. ނުވަތަ އުޅަނދުގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ކޮޕީއެއް ގެނައުމުން އެ މަޢުލޫމާތު މިއިދާރާއިން ނަގާނޭވާހަކަވެސް ދަންނަވަމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް 7432131 ނަންބަރާއި ގުޅުއްވުންއެދެމެވެ.

ވީމާމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 އޭޕްރިލް 2022
ހޯދާ