މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ގުޅޭ

އިޢުލާން

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، ލައިސަންސް ބާޠިލުކުރުމާއި، އެޖެންސީ ހިންގުމާއި، އެފަދަ އެޖެންސީއަކުން ދެވޭ ޚިދުމަތްތަކާއި، ޚިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްދިނުމުގެ ގޮތުން، ގަވާއިދު ނަންބަރު 63-އާރ/2022 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) 18 އޭޕްރީލް 2022 ގައި ވަނީ ގެޒެޓްކުރެވި އަމަލުކުރަން ފަށައިފައެވެ.

މި ގަވާއިދުގެ ދަށުން އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ލައިސެންސަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ލިޔެކިއުންތައް އެކްސްޕެޓް ސިސްޓަމް xpat.egov.mv އިން ލިބެންހުންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

                         

24 އޭޕްރިލް 2022
ހޯދާ