ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޣާޒީ މުޙައްމަދު ޕްރީ ސްކޫލްގެ މަރާމާތު މަސައްކަތް

މި ކައުންސިލްގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސްކޫލްގެ ބައެއް މަރާމާތު މަސައްކަތް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ބީލަން ރަޖިސްޓަރީ ކުރައްވާ ކަނޑައެޅިފައިވާ ގަޑިއަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

24 އެޕްރީލް 2022 އިން 9 މޭ 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

 11 މޭ 2022 ވާ ބުދަ ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

16 މޭ  2022 ވާ ހޯމަ ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި

 މި މަސައްކަތާ ގުޅޭ ބީލަން ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯން އާއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

21 އޭޕްރިލް 2022
ހޯދާ