މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވޭސްޓް އިންސަނަރޭޝަން ޕްލާންޓްގެ ސްލެބް އަދި އެހެނިހެން ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަމްބަރު: TEB/2014/130

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1- ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވަރލްޑް ބޭންކުގެ ލޯނު އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) ދަށުން ރ.ވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް އިންސަނަރޭޝަން ޕްލާންޓްގެ ސްލެބް އަދި އެހެނިހެން ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2- ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް އިންސަނަރޭޝަން ޕްލާންޓްގެ ސްލެބް އަދި އެހެނިހެން ކޮންކްރީޓް މަސައްކަތް ކުރުމަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

3- މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5- ބީލަންފޮތްތަކަށް ފައިސާ ބަލައިގަންނާނީ 11 ސެޕްޓެންބަރު 2014އިން 8 އޮކްޓޫބަރު 2014އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަޙުމަދު މުޖުތަބާ

ޑިރެކްޓަރ ޖެނެރަލް

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 9603349296+

ފެކްސް: 9603320706+

އީމެއިލް:[email protected]

7. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 40,000.00 ރުފިޔާ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ.

8. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.

9. ބިޑް ހުޅުވުން އޮންނާނީ 9 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

11 ސެޕްޓެންބަރު 2014
ހޯދާ